ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

އިދާރީ ހިންގުން

ހިއްސާ ކޮށްލުމަށް

telegram

އިދާރާގެ މަސައްކަތްތައް އެކުލަވާލެވިފައިވާ ގޮތުގެ އަޞްލު ބިނާކޮށްފައިވާނީ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތަކާއި ދައުރުގެ މައްޗަށެވެ. މިގޮތުން ކައުންސިލަރުން އަދާކުރާނީ ސިޔާސަތު އެކުލަވާލައި ދެމެހެއްޓުމުގެ ދައުރާއި ވިލަރެސްކުރުމާއި އިރުޝާދު ދިނުމުގެ ދައުރެވެ.

ކައުންސިލްގެ އިދާރާ ހިނގަމުންދަނީ ކައުންސިލްގެ ލަފާގެ މަތިންނެވެ. ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުން ބަލަހައްޓަވަނީ ކައުންސިލް ރައީސްގެ ލަފާގެމަތިން ސެކެޓްރީ ޖެނެރަލް ނުވަތަ ސެކެޓްރީ ޖެނެރަލްގެ މަގާމުގެ މަސްޢޫލިއްޔަތު އަދާކުރާ މުވައްޒަފެވެ. އަދި ކައުންސިލްގެ އިދާރާއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ސިވިލްސަރވިސް ކޮމިޝަނުން އަންގާފައިވާ ގޮތުގެ ސެކެޓްރީ ޖެނެރަލް ނުވަތަ ސެކެޓްރީ ޖެނެރަލްގެ މަގާމުގެ މަސްޢޫލިއްޔަތު އަދާކުރާ މުވައްޒަފެވެ.