ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

މުވާސަލާތީ ހިދުމަތްތައް

ހިއްސާ ކޮށްލުމަށް

telegram

ވޯކީ ޓޯކީ ސެޓް ބެހެއްޓުން

" ވޯކީޓޯކީ ސެޓް ބަހައްޓާދެއްވީ 30 މެއި 1990 ގައި އ.އުތުރުގޮފި / އަރިއަތޮޅު އަތޮޅުއޮފީހުގެ ކާތިބު އަލްފާޟިލް މުޙައްމަދު އިބްރާހިމްއެވެ. ފުރަތަމަ ސެޓްގުޅީ އެދުވަހުގެ 12:00 ގައެވެ. "

-ކަތީބް ދޮންމަނިކު ހަސަން-

މަޢުލޫމާތު: ކައުންސިލްގެ އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ 


ލައިޓްޕޯސްޓް ހަރުކުރުން

"  މިނިސްޓްރީ އޮފް ޓްރާންސްޕޯރޓުގެ ފަރާތުން ދެއްވާފައިވާ ދުރަށް އަލި ފޮނުވާދޭ ބައްތީގެ ޓަވަރުގެ ބުޑު ކޮންކްރީޓް ކޮށްފައިވަނީ 21 ސެޕްޓެމްބަރ 1996 ގައެވެ. ބައްތި ލިބިފައިވަނީ 23 އޮކްޓޯބަރ 1996 ގައެވެ. ޓަވަރުގައި ބައްތި ހަރުކުރެވިފައިވަނީ 10 ނޮވެމްބަރ 1996 ގައެވެ. މި ބައްތި ޖަހާފައިވަނީ މަތިވެރީ މުއްވަރު ކޮޅުގައެވެ. " 

13 ނޮވެމްބަރ 1996

-ކަތީބް އާދަމް ޙުސައން-

މަޢުލޫމާތު: ކައުންސިލް އާކައިވެ - މުވައްޒަފުންގެ ރަޖިސްޓްރީ


ފޯނު ބޫތު ބެހެއްޓުން

"

1 މާރޗް 1997

ފޯނު ޓަވަރު ހަރުކުރުމަށް ދިރާގުން ފޮނުވި ޓީމް މަސައްކަތް ކުރަން ފެށުން

 

10 މާރޗް 1997

ފޯނު ބެހެއްޓުމަށްޓަކައި ޓަވަރުގެ ބުޑު ކޮންކްރީޓް ކުރެވުނު

 

26 އޭޕްރީލް 1997

ފޯނު ބެހެއްޓުމަށް ދިރާގުން ފޮނުއްވި ޓީމް މިދުވަހު 20:30 ގައި ބޫތު ގުޅާދެއްވާ ރަށު އޮފީހުގެ ލައިން އަޅުއްވާ ނިންމެވިއެވެ.

 

30 އޭޕްރީލް 1997

އޮފީހުގައި ފޯނު ބަހައްޓާދެއްވިއެވެ. އޮފީހުގެ ފޯން ނަންބަރަކީ 450058 އެވެ. ބޫތުގެ ނަންބަރަކީ 459033 އެވެ.

 

5 ނޮވެމްބަރ 2001

މިދުވަހުގެ 18:45 ގައި 2 ވަނަ ފޯނުބޫތު އަންހެނުން މިސްކިތު ގޯތީގެ ސަރަހައްދުގައި ދިރާގުން ބަހައްޓަވާދެއްވިއެވެ. ދެއްވި ނަންބަރަކީ 459086 އެވެ.

"

-ކަތީބް އާދަމް ޙުސައިން-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް


ވީ.އެޗް.އެފް ސެޓް ބެހެއްޓުން

" ވީ.އެޗް.އެފް ސެޓް ބެހެއްޓީ 7 އޯގަސްޓް 1998 ގައެވެ. މި ސެޓް ބަހައްޓަވަން މިރަށަށް ދުރުވީ އަތޮޅު އޮފީހުގެ ފަރާތުން އަތޮޅުވެރިޔާގެ އެހީތެރިޔާ ޢަބްދުﷲ ރަޝީދުއާއި ސެކެޓްރީ ޢަލީ ރަޝީދުއެވެ. "

11 އޯގަސްޓް 1998

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ


ޓީވީ މޯލްޑިވްސްގެ ރިސީވިންގ ސިސްޓަމް ހަރުކުރުން

" ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމްތައް ދެއްކުމަށް ރާއްޖެތެރޭގައި ސަރުކާރުން ބަހައްޓަވާދެއްވާ ރިސީވިންގ ސިސްޓަމް މަތިވެރީގައި ވަނީ މިއަދު ބަހައްޓަވާދެއްވާފައެވެ. "

10 އޯގަސްޓް 2000

-ކަތީބް އާދަމް ޙުސައިން-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް


ވަތަނިއްޔާ ޓަވަރު ޖެހުން

" ވަތަނިއްޔާ ޓަވަރު ޖެހުމުގެ މަސައްކަތް 3 ޖެނުއަރީ 2005 ގައި ފެށި ނިންމާފައިވަނީ 27 ޖެނުއަރީ 2006 ގައެވެ.

ވަތަނިއްޔާގެ ހިދުމަތް މިރަށަށް ދޫކުރަންފެށީ 1 މާރޗް 2006 ގައެވެ. "

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ


ކޭބަލް ޓީވީގެ ހިދުމަތް ފެށުން

" މިރަށުގައި ފުރަތަމަ ކޭބަލްޓީވީގެ ހިދުމަތް ދީފައިވަނީ 1 އޯގަސްޓް 2005 ގައެވެ. މިކަން ކޮށްފައިވަނީ މެސްކޯއާއި ގުޅިގެން ރައްޔިތުންގެ ޚަރަދުގައެވެ. މި ޚިދުމަތުގެ ކޮންޓްރޯލް ރޫމް ފުރަތަމަ ބެހެއްޓުނީ ކްލަބްގޭ ގުދަނުގައެވެ. " 

3 އޯގަސްޓް 2005

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ


ސްކޫލުގައި ފޯނުގެ ހިދުމަތް 

" މިރަށު ސްކޫލުގައި ފުރަތަމަ ފޯނުގެ ހިދުމަތް ބަހައްޓަވައިދެއްވީ 1 އޯގަސްޓް 2005 ގައެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ. "

3 އޯގަސްޓް 2005

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ


ޞިއްޙީ މަރުކަޒުގައި ފޯނުގެ ހިދުމަތް

" ޞިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ފޯނުގެ ހިދުމަތް ލިބުނީ 14 އޮކްޓޯބަރ 2007 ގައެވެ. "

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ