ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

މިސްކިތްތައް

ހިއްސާ ކޮށްލުމަށް

telegram

އިހުގެ ހުކުރު މިސްކިތް

"ހުކުރު މިސްކިތުގެ ބިންގާ އެޅުއްވީ 12 މާރޗް 1973 ގައެވެ. މި މިސްކިތް ބިންގާ އަޅުއްވާދެއްވީ އެއިރު އަތޮޅު ކޮމިޓީ މެންބަރ އަލްފާޟިލް ޢަލީ މުޙައްމަދު، އ.ފެރިދޫ އެވެ.

މި މިސްކިތް ހުޅުވާދެއްވީ 31 ޖުލައި 1977 ގައެވެ. މި މިސްކިތް ހުޅުވާދެއްވީ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ، މާލެ އެވެ.

މި މިސްކިތް ވަނީ 20 އޯގަސްޓް 1993 ގައި އުވާލެވިފައެވެ.

 

-ކަތީބު ދޮންމަނިކު ޙަސަން-


އިހުގެ އަންހެނުންގެ މިސްކިތް ބިނާކުރުން

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ 10 އޯގަސްޓް 1980 ގައެވެ. ބިންގާ އަޅުއްވައިދެއްވީ ކަތީބު އަލްފާޟިލް އާދަމް ޙުސައިން، އ.މަތިވެރި އެވެ. 

މި މިސްކިތް ހުޅުވާދެއްވި 10 ޖޫން 1983 (28 ޝައުބާން 1403) ގައެވެ. މި މިސްކިތް ހުޅުވާދެއްވީ އ.އުތުރުގޮފި / އަރިއަތޮޅު އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް އަޙްމަދު ކަލޭފާނު، އ.ފެރިދޫ އެވެ.

-ކަތީބު ދޮންމަނިކު ޙަސަން-


އިހުގެ އަންހެނުންގެ މިސްކިތް ތަޅާލުން

" 22 ނޮވެމްބަރ 1997، 22 ރަޖަބު 1418 (ހޮނިހިރު) ދުވަހުގައި އަންހެނުންގެ މިސްކިތްވަނީ ތަޅާލާފައެވެ. މި މިސްކިތަކީ 10 އޯގަސްޓް 1980 ގައި ބިންގާއެޅުއްވި 10 ޖޫން 1983 ގައި ހުޅުވި މިސްކިތެކެވެ. އަލަށް އަންހެނުންގެ މިސްކިތެއް އިމާރާތް ކުރުމަށްފަހު މިސްކިތް ތަޅާލީއެވެ. މި މިސްކިތުގެ ބޮޑުމިނަކީ 24.3 ފޫޓް 15.4 ފޫޓެވެ. "


ނަޞްރު މިސްކިތް ބިނާކުރުން

" 9 ޖޫން 1993 ބުދަ ވީ ދުވަހުގެ މެންދުރުފަހު 13:30 ގައި ބިންގާ އެޅުއްވީ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނައިބު ޑޮކްޓަރ މުޙައްމަދު ލަޠީފު އެވެ. މި މިސްކިތުގެ ބިންގާ އަޅުއްވާދެއްވުމަށްފަހު މި މިސްކިތުގެ މަސައްކަތް 20 އޯގަސްޓް ގައި ފެށި 24 ޖެނުއަރީ 1994 ގައި ވަނީ ނިންމާލެވިފައެވެ.

މި މިސްކިތް ހުޅުވާދެއްވީ 6 ފެބްރުއަރީ 1994 ވީ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:14 ގައި މިނިސްޓަރ އޮފް އެޓޯލްސް އޮނަރަބަލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިންނެވެ. މި މިސްކިތުގެ ނަމަކީ مسجد النصر އެވެ. "

-ކަތީބު އާދަމް ޙުސައިން-