ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

ތަޢުލީމީ ޚިދުމަތް

ހިއްސާ ކޮށްލުމަށް

telegram

 

މަތިވެރީ މަދަރުސާގެ ބިންގާއެޅުން

މި މަދަރުސާގެ ބިންގާ އަޅުއްވާދެއްވީ 7 ފެބްރުވަރީ 1990 ގައެވެ. ބިންގާ އަޅުއްވާދެއްވީ އ. އުތުރުގޮފި / އަރިއަތޮޅު އަތޮޅު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ އަލްފާޟިލް އަޙްމަދު ކަލޭފާނު، އ.ފެރިދޫ އެވެ. މި މުނާސަބަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން / ތަޢުލީމީ މަރުކަޒުގެ ވަފްދެއް ބައިވެރިވެ ވަޑައިގަތެވެ.

-ކަތީބު ދޮންމަނިކު ޙަސަން-


މަތިވެރީ މަދަރުސާ ހުޅުވުން

އ.މަތިވެރީ މަދަރުސާ ހުޅުވުނީ 31 ޖުލައި 1992 (ހުކުރު) 1 ޞަފަރު 1413ހ ދުވަހުގައެވެ. މަދަރުސާ ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްއުސްތާޛް ޢަބްދުﷲ ޙަމީދެވެ. މަދަރުސާގެ ދިދަ ރަސްމީގޮތުން ދިދަ ދަނޑިއަށް ނަގައިދެއްވީ މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ޙަމީދެވެ. ޤައުމީ ދިދަ ނަގައިދެއްވީ އުތުރު ގޮފި އަތޮޅު އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް އަޙްމަދު ކަލޭފާނެވެ.

މަދަރުސާ ރަސްމީގޮތުން ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މަދަރުސާ އިމާރާތްކޮށް ނިމިފައިވަނީ 25 ޖޫން 1992 ގައެވެ.

-ބޮޑުފޮޅުދޫ ކަތީބް އުމަރުފުޅު-

މަތިވެރީ އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި


މަތިވެރީ މަދަރުސާގައި ޗާޕް މެޝިނެއް ބެހެއްޓުން

ޗާޕް މެޝިން ގެނެސްފައިވަނީ 6 މާރްޗް 1996 ދުވަހުގައެވެ. މި މެޝިނަކީ އަތޮޅު ބަޖެޓުން ބައިކުޅަ ބައި އަދި ބާކީބައި އެޑިއުކޭޝަނުން ޚަރަދުކޮށްގެން ގެނެސްފައިވާ މެޝިނެކެވެ. 

މި މެޝިނަށް 24،000 ރ (ސައުވީސްހާސް) ރުފިޔާ އަރާފައިވެއެވެ.

މި މެޝިނަކީ ކަރަންޓުންނާއި އަތުން އަނބުރާވައްތަރުގެ މެޝިނެކެވެ. މި މެޝިން ބެހެއްޓިފައިވަނީ މަދަރުސާގެ އޮފީހުގައެވެ.

11 މާރްޗް 1996

-ކަތީބް އާދަމް ޙުސައިން-


މަތިވެރީ ސްކޫލުގައި ފޯނުގެ ހިދުމަތް ދޭން ފެށުން

މިރަށު ސްކޫލުގައި ފުރަތަމަ ފޯނުގެ ހިދުމަތް ބަހައްޓަވާދެއްވީ 1 އޯގަސްޓް 2005 ގައެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީއިންނެވެ.

3 އޯގަސްޓް 2005