ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

ޞިއްޙީ ޚިދުމަތް

ހިއްސާ ކޮށްލުމަށް

telegram

ހެލްތު ޕޯސްޓުގެ ބިންގާ އެޅުއްވުން

" 22 މާރޗް 1997 ގައި ހެލްތް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ މިރަށަށް ވަޑައިގެން މިރަށުގައި ހެލްތު ޕޯސްތެއްގެ ބިންގާ އަޅުއްވާދެއްވިއެވެ. ބިންގާ އަޅުއްވާދެއްވުމުގެ ކުރިން މިކަމާއިގުޅޭ ވާހަކަކޮޅެއް ދެއްކެވިއެވެ. މިދަތުރުފުޅުގައި އަތޮޅު އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް އަޙްމަދު ކަލޭފާނާއި، ޢަބްދުﷲ ރަޝީދު މޫސާ ބައިވެރިވެލެއްވިއެވެ. ބިންގާ އަޅުއްވާދެއްވީ މިދުވަހުގެ 14:35 ގައެވެ. "

27 މާރޗް 1997

-ކަތީބް އާދަމް ޙުސައިން-


އަލަށް އިމާރާތްކުރެވުނު ހެލްތު ޕޯސްޓް

" މި އިމާރާތް ކުރެވިފައިވަނީ މިރަށު އައްސޭރިގޭ އުތުރުގައި އޮތް ހުސްބިމުގައެވެ. މި އިމާރާތަކީ ޖަރުމަނު ރެޑް ކްރޮސްގެ އެހީގައި ކުރާ އިމާރާތެކެވެ.

މި އިމާރާތުގެ މަސައްކަތް ފެށުނީ 26 ޖެނުއަރީ 2006 ގައެވެ. މަސައްކަތް ނިންމާ ހުޅުވީ 4 އޭޕްރީލް 2007 ގައެވެ. މިތަން ޞިއްޙީ މަރުކަޒަކަށް ބަދަލުވެފައިވަނީ 1 ޖޫން 2007 ގައެވެ. ހުޅުއްވާދެއްވީ ހެލްތު މިނިސްޓަރ އިލްޔާސް އިބްރާހިމްއެވެ. "


ޞިއްޙީ މަރުކަޒުގައި ފޯނުގެ ހިދުމަތް ދިނުން

" ޞިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ފޯނު ހިދުމަތް ލިބުނީ 14 އޮކްޓޯބަރ 2007 ގައެވެ. "