ކަރަންޓުގެ ހިދުމަތް
ކަރަންޓްގެ ހިދުމަތް ފެށުން
" މިރަށުގައި ފުރަތަމަ ކަރަންޓްގެ ހިދުމަތް ފެށީ 10 ފެބްރުއަރީ 1982 ގައެވެ. ފުރަތަމަ ކަރަންޓު ދީފައިވަނީ 5 ކިލޯ ޖަނަރޭޓަރަކުންނެވެ. ހިދުމަތް ދޭންފެށީ މިހާރުގެ ގްރީންވިލާ ގޯތީގައި ހަދާފައިވާ ކުރީގެ އަންހެނުންގެ ނަމާދުގޭގައެވެ.
މިރަށުގައި 24 ގަޑިއިރަށް ހިދުމަތް ބަދަލުކުރީ 26 ޝައުބާން 1416 ހ، 21 ޖެނުއަރީ 1996 ވީ ހޮނިހިރު ދުވަހުގެ 18:00 އިން ފެށިގެންނެވެ. "
ސަރުކާރުން ދެއްވި ޖަނަރޭޓަރު ބެހެއްޓުން
" ސަރުކާރުން ދެއްވި 80 ކިލޯވޯޓްގެ ޖަނަރޭޓަރ 6 އޯގަސްޓް 2002 ދުވަހުގެރޭ 10:00 ގައި މިރަށަށް ގެނެސް 2002 ޑިސެމްބަރ 19،20،21 މި ތިން ދުވަހު ބެހެއްޓުމުގެ މަސައްކަތްކޮށް 22 ޑިސެމްބަރ 2002 ގައި ޖަނަރޭޓަރު ހިންގާ 12:30 ން ފެށިގެން ކަރަންޓު ދޫކުރަން ފެށުނެވެ. "
23 ޑިސެމްބަރ 2002
-ބޮޑުފޮޅުދޫ ކަތީބު އިބްރާހިމް މޫސާ-
މިހާރުގެ އިންޖީނުގެ އިމާރާތްކުރުން
މި އިމާރާތް ކުރަނީ ރަށުގެ ދެކުނު ފަރާތު ބޯޅަދަނޑު ކައިރީގައެވެ. މަސައްކަތް ފެށީ 15 ފެބްރުއަރީ 2006 ގައެވެ. މި އިމާރާތްކުރަނީ ރައްޔިތުންގެ ހަރަދުގައެވެ. މަސައްކަތް ނިމުނީ " 5 ޖުލައި 2007 ގައެވެ. ކަރަންޓު ދޫކުރަންފެށީ 3 އޭޕްރީލް 2008 ވީ ބުރާސްފަތި ދުވަހުގައެވެ.
ޖަނަރޭޓަރުތައް ހަލާކުވުމާއި ގުޅިގެން 9 ފެބްރުއަރީ 2012 ދުވަހުގެ ރޭ ކަރަންޓު ކެންޑުނުގޮތަށް 4 ދުވަސް ފަހުން ކަރަންޓް ދެވިފައިވަނީ 14 ފެބްރުއަރީ 2012 ދުވަހުގައި 150 ކިލޯގެ އައު ޖަނަރޭޓަރެއް ގެނެސްގެންނެވެ. "
ކަރަންޓް ކޭބަލް ވަޅުލުން
" މިރަށުގައި އެޅުމަށް ކ.މާލެ މާފަންނުވިލާ ޤާސިމް އިބްރާހިމް މިރަށުގެ ރައްޔިތުންނަށް ރަށުގައި އެޅުމަށް ދީފައިވާ ކޭބަލް އެޅުމަށް މަގު ކޮނުމަށް 21 މެއި 2006 ދުވަހުގައި ބިދޭސީން ގެނެވުނެވެ. އަދި މަގު ކޮނުމުގެ މަސައްކަތް 1 ޖޫން 2006 ގައި ރަސްމީކޮށް ފެށުނެވެ. މަސައްކަތް ފެށުނީ ފުނަގަސް މަގުންނެވެ. މަސައްކަތް ނިމުނީ 23 ޖޫން 2006 ގައެވެ. ކަރަންޓު ދޫކުރަންފެށީ 3 އޭޕްރީލް 2008 ވީ ބުރާސްފަތި ދުވަހުގައެވެ. "
އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކުރުން
" މިރަށުގެ އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކޮށްފައިވަނީ 17 ފެބްރުއަރީ 2012 ގައެވެ. ސްޓެލްކޯގެ ރަސްމީ ދިދަ ނަގާފައިވަނީ 24 ފެބްރުއަރީ 2012 ގައެވެ. އަދި މިދުވަހުގައި އިންޖީނުގެއާއި ހަވާލުވިކަމުގެ ސޮއި ކުރެވުނެވެ. "