ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ބޭއްވުނު ޕޯސްޓަރ ފަރުމާ ކުރުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން
މި ކައުންސިލުން މަތިވެރީ ސްކޫލާއި މަތިވެރީ ޞިއްޙީ މަރުކަޒާއި ގުޅިގެން ބޭއްވުނު ޕޯސްޓަރ ފަރުމާކުރުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން 7 އޭޕްރީލް 2023 ވަނަ ދުވަހުގެ ހަވީރު ވަނީ ކުރިއަށް ގެންދެވިފައެވެ.
މި މުބާރާތަކީ މަތިވެރީ ސްކޫލުގެ ގްރޭޑް 6 ކުން ފެށިގެން މަތީގެ ގްރޭޑްތަކަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތެކެވެ. މި މުބާރާތުގައި 17 ދަރިވަރަކުވަނީ ބައިވެރިވެފައެވެ.
މި މުބާރާތުން އެއްވަނަ ޙާޞިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އިބްރާހިމް ލަޔާން ބިން މުފީދެވެ. ދެވަނަ ހާސިލްކޮށްފައިވަނީ ގްރޭޑް 6 ގެ ދަރިވަރު ޢާއިޝަތު މިޝާ ބިންތް މުންޒިރެވެ. ތިންވަނަ ހޯދާފައިވަނީ ގްރޭޑް 7 ގެ ދަރިވަރު ޢައިޝާ ޔަލާ ބިންތް މުޙްތާރެވެ. ހަތަރުވަނަ ހޯދާފައިވަނީ ގްރޭޑް 8 ގެ ދަރިވަރު ރަޟްވާ ރިޟްވާނެވެ. އަދި ފަސްވަނަ ހޯދާފައިވަނީ ގްރޭޑް 7 ގެ ދަރިވަރު ޒިމްނާ އާދިލްއެވެ.
މުބާރާތުގައި ގަދަ 5 ދަރިވަރުންނަށް ކައުންސިލްގެ ފަރާތުންވަނީ ސެޓްފިކެޓް އަދި ހަައްސަ ގިފްޓް ޕެކް އެއް ދެއްވާފައެވެ.
އެހެނިހެން ޚަބަރުތައް
މަގޭ ވެށި ޗާލު މަތިވެރި މި ޝިޔާރުގެ ދަށުން ރަށް ސާފުކުރުމުގެ ބޮޑު ހަރަކާތް ކުރިޔަށް ގެންގޮސްފި
2023-06-19 09:59:13
މި އަހަރުގެ ފުރަތަމަ ބޮޑު ދަރުސް ބޭއްވުން
2023-04-04 01:39:11
އެކޮމޮޑޭޝަން ޚިދުމަތް ދޭ ތަންތަނުގައި ޤިބްލަ ސްޓިކާ ހަރުކޮށްފި
2023-03-22 19:04:21
މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމް ހިންގުން
2023-03-16 21:49:36
ރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގުން
2023-03-10 22:10:33