މަގޭ ވެށި ޗާލު މަތިވެރި މި ޝިޔާރުގެ ދަށުން ރަށް ސާފުކުރުމުގެ ބޮޑު ހަރަކާތް ކުރިޔަށް ގެންގޮސްފި
މިއީ، 2016 އިން ފެށިގެން ކޮންމެ އަހަރަކު އަލްޙާ ޢީދާ ދިމާކޮށް މުޅި ރަށް ސާފުކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ. އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުވެސްވަނީ މި ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ހިންގިފައެވެ. މި އަހަރު މި ޕްރޮގްރާމް ހިންގިފައިވަނީ މިނިސްޓްރީ އޮފް އެންވަރަމްނަޓްގެ ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓާއި ގުޅިގެނެވެ. އެންވަރމަންޓް މިނިސްޓްރީގެ ފަރާތުން ކުންޏާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ސްކޫލް ކުދިންނާއި ޢާންމުނަށް އަމާޒުކޮށްގެން ހިންގުނެވެ. އަދި މީގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސްވަނީ ބޭއްވިފައެވެ. މިހަރަކާތް ފެށުނީ 17 ޖޫން 2023ގައި ހެނދުނު 8:00ގައި އަދި ހަރަކާތް ނިންމާލެވިފައިވަނީ 15.00ގައެވެ. މިޕްރޮގްރާމްގެ ބައިވެރިންނަށް ދުވަހުގެ ޙާއްސަ ޓީޝާޓްވަނީ ދެވިފައެވެ. އަދި ހެނދުނުގެ ނާސްތާއި މެންދުރުގެ ފަރީކޮޅުވަނީ ދެވިފައެވެ. މިޕްރޮގްރާމަށް ވަރަށް ގިނަ ފަރާތްތަކެއްގެ ސްޕޮންސަރ ޝިޕްވަނީ ލިބިފައެވެ. މިގޮތުން ޕްލެޓިނަމް ޕްލަސް ސޮޕްންސަރ ދެއްވާފައިވަނީ އޮޕްޓިކަލް މޯލްޑިވެސްއެވެ. މީގެ އިތުރުން ޕްލެޓިނަމް ސްޕޮންސަރ ޝިޕް ދެއްވާފައިވަނީ ފިއުލް ސަޕްލައި މޯލްޑިވެސް، ފިއުޗަރ ޕްރޮމޯޝަން، އެމް. ޑަބިއުލިއު. އެސް. ސީ، ރިވެލި ރީޓްރީޓް، ބިލް ގްރަފީ، ނަސްރު 5، ކޮބާ ޗައި އިރުބެ ކެފޭ ރެސްޓޯރަންޓް، ސިސް ޓޫރިސްޓް ވިލާއެވެ. ގޯލްޑް ސްޕޮންސަރ ޝިޕް ދެއްވާފައިވާ ޔޫ.އެސް.ސީ، ޒެނިކް ސްޕޯޓްސް ކްލަބް، ވެލި ބީޗްއިނެވެ. ސިލްވަރ ސްޕޮންސަރ ޝިޕް ދެއްވާފައިވަނީ އަމްސާ ޖަމިއްޔާ، އެސް. ޔޫ ކޯނަރއެވެ. އަދި ބްރޯންޒް ސްޕޮންސަރ ޝިޕް ދެއްވާފައިވަނީ ކޮންސްޓަންޓް މޫފުށި މޯލްޑިވެސް، މިނި ޑައިމަންޑް، މަތިވެރީ ސިއްޙީ މަރުކަޒު، ޖަމިއްޔަތުލް މަދަދު، އަހްމަދު އަސްލަމް/ ދޫރެސް/ އއ. މަތިވެރިއެވެ.
އެހެނިހެން ޚަބަރުތައް
ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ބޭއްވުނު ޕޯސްޓަރ ފަރުމާ ކުރުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން
2023-04-08 19:02:37
މި އަހަރުގެ ފުރަތަމަ ބޮޑު ދަރުސް ބޭއްވުން
2023-04-04 01:39:11
އެކޮމޮޑޭޝަން ޚިދުމަތް ދޭ ތަންތަނުގައި ޤިބްލަ ސްޓިކާ ހަރުކޮށްފި
2023-03-22 19:04:21
މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމް ހިންގުން
2023-03-16 21:49:36
ރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގުން
2023-03-10 22:10:33